އޮށޯވެ އޮވެގެން ޤުރުއާން ކިޔެވުން
އޮށޯވެ އޮވެގެން ޤުރުއާން ކިޔެވުން އޮށޯވެ އޮވެގެން ޤުރުއާން ކިޔެވުމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ. އޮށޯވެ އަދި އިށީނދެ ޤުރުއާން ކިޔެވުމުގައި އެއްވެސް މަނާ ކަމެއް ނުވެ އެވެ. އެއީ ހިތުދަސްކޮށްފައިވާ ޤުރުއާން ކިޔެވި ކަމުގައިވީނަމަވެސް ނުވަތަ ޤުރުއާން (ހަތިމް) ނަގައިގެން ކިޔެވި ކަމުގައިވީނަމަވެސް ނުވަތަ ފޯނުން ބަލައިގެން ކިޔެވި ކަމުގައިވިނަމަވެސް މެ އެވެ. މިކަމަށް ދަލީލު ވާރިދުވެގެންވެ އެވެ. صحيح البخاري 297 ގައި ވާ […]