ވަޒީފާގެ ވަޤުތަށް ކަމޭހިތުމަކީ ކިހާ މުހިއްމު ކަމެއް ހެއްޔެވެ؟

vazeefaage vaguthah kameyhithun

ވަޒީފާގެ ވަޤުތަށް ކަމޭހިތުމަކީ ކިހާ މުހިއްމު ކަމެއް ހެއްޔެވެ؟

ޖަވާބު ދެއްވީ: ޢަބްދުލް ފައްތާޙް ޢަބްދުލް ޙަމީދު (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله – صلوات الله و سلامه عليه – وعلى آله و صحبه أجمعين.

أما بعد:

ވަޒީފާގެ ވަޤުތަށް ކަމޭހިތާށެވެ!

ވަޒީފާއަކީ އަޅުގަނޑުމެން، އެވަޒީފާއިން ލިބޭ އާމްދަނީގެ މައްޗަށް ކެއިން ބުއިމާއި އަނބިދަރިންގެ އެންމެހާ ޚަރަދުތައް ބިނާކޮށްފައިވާ ކަމެކެވެ. އެއީ ސަރުކާރުގެ ވަޒީފާ ކަމުގައިވިޔަސް އަދި އެނޫން ތަނެއްކަމުގައި ވިޔަސް މެއެވެ. ވީމާ، މިކަން އެންމެ އެދެވޭ ގޮތުގައި ކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބެކެވެ.

މިތަނުގައި އަޅުގަނޑުމެންގެ މާތް ޢިލްމުވެރިއެއްގެ ބަސްފުޅު އަޑުއަހާލަމާތޯއެވެ؟ الشيخ عبد العزيز بن باز -رحمه الله- ވިދާޅުވިއެވެ: “އަމާނާތްތެރި ކަމާއެކު ވަޒީފާ އަދާކުރުމަކީ މުވައްޒަފުގެ މައްޗަށް ވާޖިބެކެވެ. އެއީ މުވައްޒަފު މުސާރަ ނަގަނީ ކުރާ މަސައްކަތުގެ ބަދަލުގައެވެ. ވީމާ، ވަޒީފާގެ ވަޤުތުގައި މަސައްކަތް ކުރުމާއި، ވަޒީފާގެ ވަޤުތަށް ފަރުވާތެރިވުމަކީ އޭނާގެ މައްޗަށް ވާޖިބެކެވެ. ގަސްތެއްނެތި، ނިދިގަދަވެ ނުވަތަ އެފަދަ ސަބަބެއް މެދުވެރިވެ ގަޑިޖެހުމަކީ، މަޢާފުވެގެންވާ ކަމެކެވެ. -إن شاء الله- ނަމަވެސް ކަންނެތްކަމާއި ފަރުވާކުޑަވުމުގެ ސަބަބުން، ގިނައިން ގަޑިޖެހުމާއި، މަޤުބޫލު ކަމެއްނެތި ވަޒީފާގެ ވަޤުތު ނިމުމުގެކުރިން ބޭރަށް ގޮސްހެދުމަކީ، ފާފައެއްގެ ގޮތުން އޭނާގެ ދީނުގައި ވަރަށް ނުރައްކާތެރި ކަމެކެވެ. ފަހެ އެހިނދު އޭނާ ނަގާ މުސާރަ އޭނާއަށް ޙަލާލުވާވަރަށް މަސައްކަތް ކޮށްފައެއް ނުވެއެވެ.

ވީމާ، ވާޖިބުވަނީ އެކަމުގައި ﷲއަށް ބިރުވެތިވެ، ފަރުވާކުޑަކުރުމުން ދުރުވުމެވެ. ފައިތުވީ ދުވަސްތަކުގައި، ފަރުވާކުޑަކުރެވުނީ ކުޑަ މިންވަރެއް ކަމުގައިވާނަމަ، އުއްމީދު ކުރަނީ ﷲ އެމީހެއްގެ ޢުޛުރު ޤަބޫލު ކުރައްވައި މަޢާފު ކުރައްވާނެކަމުގައެވެ.”

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

މައުލޫމާތުނެގި މަޞްދަރު: https://binbaz.org.sa/fatwas/2265