ޝީޢީން ކާފަރު ކުރުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟

الحمد لله رب العالمين، وأشهد أن لا إله إلا الله وحده لا شريك له، وأشهد أن محمدًا عبده ورسوله؛ صلى الله وسلَّم عليه وعلى آله وصحبه أجمعين. أما بعد:

ޢަބްދުލްޢަޒީޒު ބިން ބާޒު -رحمه الله- ވިދާޅުވިއެވެ: ޝީޢީންގެ ވަރަށްގިނަ ބައިތަކަށްބެހެއެވެ. އަދި އެމީހުންގެ ވަރަށްގިނަ ވައްތަރުތައް ވެއެވެ. ބައެއް ބޭކަލުން ބާވީސް ވައްތަރުގެ ޝީޢީން އުޅޭކަމުގައި ވިދާޅުވެއެވެ. އެމީހުންގެ ތެރެއިން ބާޠިނީންގެ ކުފުރު ކަމާމެދު ޝައްކެއްނެތެވެ. އެއީ ބާޠިނީންގެ ފިރުޤާތައް ކަމުގައިވާ ޖަޢުފަރީންނާއި، އިމާމިއްޔާއިންނާއި، ޚުމައިނީގެ ބައިވެރިން ކަމުގައިވާ އިޘްނާޢަޝަރިއްޔާއިންނެވެ. އެމީހުންނަކީ ރާފިޟީންނެވެ. ޚާއްޞަކޮށް އެމީހުންގެ އިމާމުންނެވެ. އެމީހުންނަކީ، ﷲ އަށް ޝިރުކު ކުރުމަށް ދައުވަތުދޭ މީހުންނެވެ. އަދި އަހުލުބައިތުންގެ ބޭފުޅުންނަށް އަޅުކަންކުރުމަށް ގޮވާލާ މީހުންނެވެ. އެމީހުން ޢަލީގެފާނުގެ ޙައްޤުގައި ހައްދުފަހަނަޅައި ދެއެވެ. ﷲ ފިޔަވައި ޢަލީގެފާނަށް އެމީހުން އަޅުކަން ކުރެއެވެ. އަދި ޙުސައިންގެފާނާއި ޙަސަންގެފާނަށްވެސް އެމީހުން އަޅުކަން ކުރެއެވެ. އެބޭކަލުންނަށް ޣައިބުގެ ޢިލްމު އެނގިވަޑައިގަންނަވާ ކަމުގައި އެމީހުން ދެކެއެވެ. އަދި ކުށްކުރުމުން މައުޞޫމު ބޭކަލުން ކަމުގައި ބުނެއެވެ. ޢަލީގެފާނަކީ އިލާހު ކަމުގައި އެމީހުން ދަޢުވާ ކުރެއެވެ. އެމީހުންގެ ފިރުޤާތައް ކަމުގައިވާ ނުޞައިރިއްޔާއިންނާއި އިސްމާޢީލިއްޔާއިންގެ ޢަޤީދާއަކީވެސް މިއެވެ. އެމީހުންނަކީ އެންމެ ކުފުރުކަން ބޮޑު މީހުންނެވެ. ޚާއްޞަކޮށް އެމީހުންގެ ބޮޑުންނާއި އިމާމުންނެވެ. އެމީހުންގެ ޢާންމުންނަކީ މަގުފުރެދިފައިވާ ޖާހިލުންނެވެ. (ތަންދޮރު ނޭންގޭ މީހުންނެވެ.) އެމީހުންގެ އިމާމުންނާއި ޢިލްމުވެރިންނަށް އެއީ ކުފުރުކަން އެނގޭނެއެވެ. އެއާއިއެކުވެސް އެމީހުން އެކަން ޤަބޫލުކުރެއެވެ. -نعوذ بالله-  (ﷲ ގެ ހަޟުރަތުން ރައްކާތެރިކަމަށް އެދެމެވެ.) އެމީހުންނަކީ މީސްތަކުން ކުރެ އެންމެ މަގުފުރެދުން ބޮޑު މީހުންނެވެ. އަދި ހިދާޔަތާއި އެންމެ ދުރު މީހުންނެވެ. نسأل الله العافية (ﷲ ގެ ޙަޟުރަތުން ޢާފިޔަތަށް އެދެމެވެ.)

ޝީޢީންނަކީ އެމީހުންގެ ފިރުޤާއެކެވެ. އެއީ ތަންދޮރު ނޭންގޭ (ޖާހިލު) ބަޔެކެވެ. އެމީހުން އަހުލުބައިތުންނާމެދު ހައްދުފަހަނަޅައި ނުދެއެވެ. ﷲ ފިޔަވައި އެބޭކަލުންނަށް އަޅުކަމެއް ނުކުރެއެވެ. އަދި އެބޭކަލުންނަށް ޣައިބުގެ ޢިލްމު އެނގޭކަމަކަށް ޤަބޫލެއް ނުކުރެއެވެ. އެކަމަކު އަބޫބަކުރުގެފާނާއި ޢުމަރުގެފާނަށްވުރެ ޢަލީގެފާނު މާތްވެ، އިސްވެގެންވާ ކަމުގައި ބުނެއެވެ. މިފަދައިން ބުނުމަކީ، ޖާހިލު ނުބައި ބަހެކެވެ. އަދި އެއީ ފާފައެކެވެ. އެމީހުންނަކީ ކާފަރުން ކަމުގައެއް ނުވާނެއެވެ. އެމީހުންވާނީ ފާފަވެރި ބިދުޢަވެރިންނަށެވެ.

އަހުލުބައިތުންނާމެދު ހައްދުފަހަނަޅާދިޔަ މީހުން، ﷲ ފިޔަވައި އެބޭކަލުންނަށް އަޅުކަން ކުރިއެވެ. އެމީހުން ބުންޏެވެ: އަހުލުބައިތުންނަކީ، ޣައިބުގެ ޢިލްމު ދަންނަ ބޭކަލުންނެވެ. އަދި ﷲ ފިޔަވައި އެބޭކަލުންނަށް އަޅުކަން ކުރުން ހުއްދަކުރިއެވެ. ނުވަތަ އެމީހުން ބުނެއެވެ: އެބޭކަލުން ނަބީބޭކަލުންނަށްވުރެވެސް އަދި މުޙައްމަދު ﷺ ވުރެވެސް މާތްވެގެން ވެއެވެ. “އަލްޙުކޫމަތުލް އިސްލާމިއްޔާ” ކިޔާ ފޮތުގައި ޚުމައިނީ ބުނެފައިވެއެވެ: މާތްކުރެއްވި މަލާއިކަތްބޭކަލުންނާއި، ފޮނުއްވިގެންވާ ނަބީބޭކަލުންނަށްވުރެ، އަހަރެމެންގެ އިމާމުން މަތިވެރި ދަރަޖައަކަށް ފޯރާފައިވެއެވެ. -نسأل الله العافية.

މިއަދު އީރާންގެ ވެރިންނަކީ، އެމީހުންގެ އިސްލާމްކަން ފާޅުކުރިޔަސް، އެންމެ މަގުފުރެދުންބޮޑު އަދި ކުފުރުކަންބޮޑު މީހުންނެވެ. ސަބަބަކީ، އެމީހުންނަކީ، ޝިރުކަށް ދަޢުވަތުދޭ ބަޔެކެވެ. ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަންކުރުމަށް ދަޢުވަތުދޭ ބަޔެކެވެ. ރާފިޟީންގެ މިފަދަ ޢަމަލުތަކަށް ދަޢުވަތުދޭ ބަޔެކެވެ. އަޞްހާބުބޭކަލުންނަށް ލަޢުނަތްދޭ ބަޔެކެވެ. ޢަލީގެފާނާއި އަހުލުބައިތުންގެ ޙައްޤުގައި ހައްދުފަހަނަޅާ ބަޔެކެވެ. އެއީ މަޢުޞޫމު، ޣައިބުގެ ޢިލްމު އެނގޭ ބޭކަލުންކަމުގައި ބުނެއެވެ. ދެން އެބޭކަލުންނަށް އަޅުކަންކޮށް، އަދި އަޅުކަން ކުރުމަށް އެހެންމީހުންނަށް ދަޢުވަތު ދެއެވެ. އެބޭކަލުންގެ ފަރާތުން ރައްކާތެރިކަމަށް އެދެއެވެ. އަދި ނަދުރު ބުނެއެވެ. މީނޫންވެސް ޝިރުކުގެ ޢަމަލުތައް ކުރެއެވެ. -نسأل الله العافية.

وَأَسْأَلُ اللهَ جَلَّ أَنْ يُوَفِّقَنَا أَجْمَعِينَ لِكُلِّ خَيْرٍ، وَأَنْ يَتَقَبَّلَ مِنَّا، وَأَن يَتَجَاوَزَ عَنَّا، وَأَنْ يُصْلِحَ لَنَا شَأْنَنَا كُلَّهُ، وَأَنْ لَا يَكِلْنَا إِلَى أَنْفُسِنَا طَرْفَةَ عَيْنٍ، إِنَّهُ سَمِيعٌ قَرِيْبٌ مُجِيْبٌ.

وصلى الله وسلَّم على عبده ورسوله نبينا محمد وآله وصحبه أجمعين .

https://binbaz.org.sa/fatwas/4834/%D9%85%D8%A7-%D8%AD%D9%83%D9%85-%D8%AA%D9%83%D9%81%D9%8A%D8%B1-%D8%A7%D9%84%D8%B4%D9%8A%D8%B9%D8%A9