ވިތުރީގެ ދެ ސުންނަން ދޭތެރޭ ކިޔެވުން ޚާއްސަ ދުޢާއެއް އޮވޭ ތޯ؟ އަދި ކިޔަވަން ވަކި ސޫރަތެއް އޮވޭ ތޯ؟
أُسْتَاذ أبو أنس محمد حسن حفظه الله
އަޚާ އެވެ! ބައެއް ސުންނަތް ނަމާދު ތަކަކީ އެ ނަމާދުގައި ވަކި ޚާއްޞަ ޞޫރަތްތަކެއް ކިޔުމަށް ވާރިދުވެގެންވާ ނަމާދުތަކެވެ. އެފަދަ ނަމާދުތަކުގެ ތެރޭގައި ވިތުރި ހިމެނިފައިވެއެވެ. ޞައްޙަ ޙަދީޘްގައިވެއެވެ. އަދި ހަމައެފަދައިން ޚާއްޞަ ސޫރަތްތައް ކިޔެވުމަށް ވާރިދުވެގެންވާ ނަމާދުތަކުގެ ތެރޭގައި ވިތުރި ހިމެނެ އެވެ. ޙަދީޘްގައިވެ އެވެ. كانَ رسولُ اللَّهِ يوترُ بثلاثٍ يقرأُ في الأولى بسبِّحِ اسمَ ربِّكَ الأعلى وفي الثَّانيةِ بقل يا أيُّها الكافرون وفي الثَّالثةِ بقل هوَ اللَّهُ أحدٌ ޙަދީޘްގައިވަނީ : ނަބިއްޔާ ﷺ 3 ރަކުޢަތުން ވިތުރި ކުރައްވަ އެވެ.
ވިތުރީގެ ފުރަތަމަ ރަކުޢަތުގައި سبِّحِ اسمَ ربِّكَ الأعلى އަދި ދެވަނަ ރަކުޢަތުގައި قل يا أيُّها الكافرون އަދި ތިންވަނަ ރަކުޢަތުގައި قل هوَ اللَّهُ أحدٌ ވިދާޅުވެ އެވެ. صحيح النسائي 1701
ވީމާ، މިއީ ބަޔާންވެގެންވާ ޘާބިތު ސުންނަތެކެވެ. އެއާއި އެކުގައިވެސް ދަންނަހުއްޓެވެ. މިއީ ވާޖިބު ޢަމަލެއް ނޫނެވެ.
އެއަށްފަހު ކޮށްފައިވާ ސުވާލެވެ. ވިތުރީގެ ދެ ސުންނަތް ދޭތެރޭގައި ކިޔުމަށް ޚާއްޞަ ޛިކުރެއް ނެތެވެ. އެހެނަސް ޚާއްޞަ ޛިކުރެއް ކިޔުމަށް ވާރިދުވެގެންވަނީ ވިތުރި އެކުގައި ނިމުމުންނެވެ. އެ ޛިކުރަކީ : ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ.
(وإذا سلَّمَ من الوترِ، قال سبحانَ الملِكِ القدُّوسِ سبحانَ الملِكِ القدُّوسِ سبحانَ الملِكِ القدُّوسِ، ثلاثًا ويمدُّ بِها صوتَه، ويرفعُ في الثالثةِ) ”ނަބިއްޔާ ﷺ ވިތުރި ކުރައްވާ ނިމިވަޑައިގަތުމުން سبحانَ الملِكِ القدُّوسِ سبحانَ الملِكِ القدُّوسِ سبحانَ الملِكِ القدُّوسِ ތިންފަހަރަށް ވިދާޅުވެ އެވެ. އަދި القدُّوسِ ވިދާޅުވެ ދަމާލެއްވިއެވެ. އަދި 3 ވަނަ ފަހަރަށް ވިދާޅުވާ ހިނދުގައި އަޑު އުފުއްލަވާ ވިދާޅުވެއެވެ.“ قيام رمضان ، الشيخ الألباني ، صحيح