ކުށު ސަޖިދައިގައި އޮވެ ކިޔާ ދުޢާއަކީ ކޮބައި ހެއްޔެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ކުށުސަޖިދައިގައި ކިޔާނީ ކޮން ޛިކުރެއްތޯ ދެނެގަތުމަށް ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
ކުށު ސަޖިދައިގައި ކިޔާނީ ނަމާދުގެ ސަޖިދައިގައިވެސް ކިޔާ ޛިކުރެވެ. އެއީ سبحان ربي الأعلى އެވެ.
ފަހެ، އެއްފަހަރު ކިޔުން ވާޖިބުކަމުގައި ބުނުމަކީ އެންމެ ޞައްޙަ ބުނުމެވެ. ނަމަވެސް އެންމެ އެދެވިގެންވަނީ 3 ފަހަރަށް ކިޔުމެވެ. އަދި އެއަށްފަހު ޝަރުޢީ ދުޢާތައް ކުރެވޭނެއެވެ. މިގޮތުން އަންނަނިވި ޛިކުރުތައް ވެސް ކިޔެވިދާނެއެވެ.
(سُبُّوْحٌ قُدُّوْسٌ رَبُّ المَلاَئِكَةِ وَالرُّوْحِ)
(سَجَدَ وَجْهِيْ للًّذِيْ خَلَقَهُ وَصَوًّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ تَبَارَكَ اللهُ أَحْسَنُ الخَالِقِيْن)
(اللهمَّ أُكْتُبْ لِيْ بِهَا أَجْرًا وَضَعْ عَنِّيْ بِهَا وِزْرًا وَتَقَبَّلْهَا مِنِّيْ كَمَا تَقَبَّلْتَ مِنْ عَبْدِكَ دَاوُدُ)
ފަހެ، މި ނޫން ދުޢާތައްވެސް ކިޔެވުން ހުއްދަވެގެންވެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.