އަނބިމީހާ ފިރިމީހާއާމެދު ކުރި ތިން ޝަކުވާއަކާއި އޭގެ ޖަވާބު

الحمد لله رب العالمين، الصلاة والسلام على نبينا محمد وعلى آله وأصحابه أجمعين، وبعد:

عنْ أبي سعيدٍ قالَ: جاءتْ امرأةٌ إلى النبيِّ صلى اللهُ عليهِ وسلمَ ونحنُ عندَهُ، فقالتْ: يا رسولَ اللهِ، إنَّ زوجي صفوانَ بنَ المعطلِ يضربُنِي إذا صلّيتُ، ويُفطرنِي إذا صمتُ، ولا يصلّي صلاةَ الفجرِ حتى تطلعَ الشمسُ. قالَ: وصفوانٌ عندَهُ. قالَ: فسألهُ عما قالتْ، فقالَ:يا رسولَ اللهِ، أما قولُها يضربُنِي إذا صليتُ فإنَّها تقرأُ بسورتينِ، وقد نهيتها، قال: فقالَ: «لو كانتْ سورة واحدة لكفتِ الناسَ». وأمَّا قولُها يُفطرنِي فإنَّها تنطلقُ فتصومُ، وأنَا رجلٌ شابٌّ، فلا أصبرُ، فقالَ رسولُ اللهِ صلى اللهُ عليهِ وسلمَ يومئذٍ: «لا تصومُ امرأةٌ إلا بإذنِ زوجِها». وأمَّا قولُها إنِّي لا أصلي حتى تطلعَ الشمسُ، فإنا أهل بيتٍ قد عرفَ لنا ذاكَ، لا نكادُ نستيقظُ حتى تطلعَ الشمسُ، قالَ: «فإذا استيقظتَ فصلِّ».[1]

އަބޫ ސަޢީދުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ތިމަންބޭކަލުން ނަބިއްޔާ ﷺ ގެ އަރިހުގައި ތިއްބަވަނިކޮށް އެކަލޭގެފާނުގެ އަރިހަށް އަންހެނަކު އައެވެ. ފަހެ އޭނާ ބުނެއެވެ: “އޭ ﷲ ގެ ރަސޫލާއެވެ! ތިމަންގެ ފިރިމީހާ صفوانَ بنَ المعطلِ އަކީ ތިމަން ނަމާދުކުރާ ކަމުގައިވާނަމަ ތިމަން ކަމަނާގެ ގައިގަ ތަޅާ މީހެކެވެ. އަދި  ރޯދަ ހިފައިފިނަމަ ރޯދަ ދޫކުރުވައެވެ. އިރުއެރުމަށްފަހު މެނުވީ އޭނާ ފަތިސްނަމާދެއް ނުކުރެއެވެ.” އަބޫ ސަޢީދު ވިދާޅުވިއެވެ: އެހިނދު އެތަނުގައި صفوان އިނެވެ. އަދި އެ އަންހެނާ ބުނި ކަންތައްތަކާ ބެހޭގޮތުން ނަބިއްޔާ ﷺ صفوان އާ ސުވާލު ކުރެއްވިއެވެ. صفوان ބުންޏެވެ: “އޭ ﷲ ގެ ރަސޫލާއެވެ! އޭނާގެ ގައިގަ ޖަހާ ވާހަކަ އެބުނީ، އޭނާއަށް ކިޔުން މަނާކޮށްފައިވާ ދެ ސޫރަތް އޭނާ ކިޔާތީއެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: “އެންމެ ސޫރަތެއް ކީކަމުގައިވިޔަސް މީސްތަކުންނަށް ފުދޭނެއެވެ.” ދެން އޭނާ އެބުނާ ރޯދަ ދޫކުރުވާ ވާހަކައެވެ. އޭނާއަށް މަނާކުރުމުންވެސް އޭނާ ރޯދަ ހިފަނީއެވެ. އަހަރެންނަކީ ޒުވާނެކެވެ. އަހަރެންނަށް ކެތެއް ނުކުރެވެއެވެ. އެހިނދު ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ: “ފިރިމީހާގެ ހުއްދަނެތި އެއްވެސް އަންހެނަކު ރޯދަ ހިފައިގެން ނުވާނެއެވެ.” އިރުއަރައިފުމުން މެނުވީ ފަތިސްނަމާދު ނުކުރާކަމަށް އޭނާ އެބުނާ ވާހަކަ ދަންނައެވެ. ފަހެ ތިމަންގެ ގޭގެ ހުރިހާ އެންމެނަށްވެސް ނިދިގަދަވުމުން ނުހޭލެވުން އެއީ އެނގޭކަމެކެވެ. އިރުއެރުމުން މެނުވީ އަހަރެމެންނަށް ނިދިން ނުހޭލެވެއެވެ. ޙަދީޘްކުރެއްވިއެވެ: “ކަލޭގެފާނު ނިދިން ހޭލެވިއްޖެހިނދު ނަމާދު ކުރާށެވެ.”

 

ޙަދީޘުން ލިބޭ ފައިދާތައް:

ޝައިޚު ޢަބްދުއްރައްޒާޤު ބިން ޢަބްދުލްމުޙްސިން އަލްޢައްބާދު އަލްބަދުރު ވިދާޅުވިއެވެ:

  1. މިފަދަ ޝައުކުވާތައް އެހެންމީހުން ތިބޭ ތަންތަނުގައި ފާޅުކޮށް ކޮށްގެން ނުވާނެއެވެ. އަނބިމީހާއާއި ފިރިމީހާއާ ދެމެދުގެ ކަންކަން ފާޅުކުރަންވާނީ އެ މައްސަލައެއް ޙައްލުކުރުމަށް ނަސޭހަތްތެރިވާ ނުވަތަ އިރުޝާދުދޭ މީހަކަށް އެކަންޏެވެ.
  2. އަނބިމީހާ ފިރިމީހާއާ ބެހޭގޮތުން ޢިލްމުވެރިއެއްގެ ގާތުގައި ޝަކުވާތައް އުފުވާ ވަގުތު، އެކަމުގެ ޙަޤީޤަތް ސާފުކުރުމެއް ނެތި ފަތުވާ ދީގެން ނުވާނެއެވެ. އެފަދައިން ވެއްޖެނަމަ، މުޅި ދިރިއުޅުން ހަލާކުވެދާނެއެވެ. އެއީ އެފަދައިން ކުރާ ޝަކުވާތަކުގައި އެކަމެއް ހިނގާފައިވާގޮތަށްވުރެ އެކަމެއް ބޮޑުކޮށްގެންވެސް ޝަކުވާކޮށްފާނެއެވެ. ހަމައެކަނި އަންހެނާ ރޮއިފަ ކުރާ ޝަކުވާތަކެއްގެ މައްޗަށް ބިނާކޮށް ފަތުވާ ދީފިނަމަ ހިތާމަކުރަންޖެހިދާނެއެވެ. އެފަދަ ޝަކުވާތަކުގައި ފިރިމީހާގެ ގާތުން ސުވާލުކޮށް ޔަޤީންކުރަންޖެހޭނެއެވެ.
  3. ޙަދީޘްގައި ދެ ސޫރަތެއް ކިޔެވުން މަނާކުރުމުގެ މުރާދަކީ، ނަމާދު ދިގުކުރުމުގެ ސަބަބުން އެކަން މަނާކުރުމެވެ. އެއީ ފިރިމީހާ ގޭގައި ހުންނަ ވަގުތުތަކުގައި ފިރިމީހާއަށް އަނބިމީހާ އަދާކޮށްދޭންޖެހޭ ޙައްޤުތަކެއްގައި އެކަމުގެ ސަބަބުން އިހުމާލުވެވޭތީއެވެ. ނުވަތަ ފިރިމީހާ ބޭރުން ގެއަށް އައިސް އެތަށް އިރެއް ވާހިނދުވެސް އަނބިމީހާ ނަމާދު ދިގުކުރުމުގައި ހުރުމެވެ. އެހިނދު ފިރިމީހާވަނީ އަނބިމީހާއަށް ބޭނުންވެފައެވެ. ފިރިމީހާގެ މަސްލަޙަތުތަކަށް އެކަމުގެ ސަބަބުން ފަރުވާކުޑަކުރެވުމެވެ.
  4. ނަމާދުގައި އެންމެ ސޫރަތެއް ކިޔެވިޔަސް ފުދޭނެއޭ، މި ބަސްފުޅުގެ މުރާދަކީ ސޫރަތުލްފާތިޙާ ކިޔެވުމެވެ. އެއީ ނަމާދުގެ ރުކުނެކެވެ. ހަމައެކަނި ސޫރަތުލްފާތިޙާ ކިޔެވުމުން ނަމާދު ފުދެއެވެ. ފިރިމީހާގެ މަސްލަޙަތަށް ބޭނުންވެފައިވާހިނދު ހަމައެކަނި ސޫރަތުލްފާތިޙާ ކިޔެވުމުން ފުއްދާލާނީއެވެ.
  5. ފިރިމީހާގެ ހުއްދައެއްނެތި އަނބިމީހާ ސުންނަތް ރޯދަ ހިފައިގެންނުވާނެއެވެ.
  6. ނިދިގަދަވެ ނުވަތަ ބައްޔެއްގެ ސަބަބުން ނަމާދަށް ނުހޭލެވޭނަމަ އެއީ ޢުޒުރުވެރިއެކެވެ. އެމީހަކަށް އޮތީ ހޭލެވުމުން އަވަހަށް ނަމާދުކުރުމެވެ. އެފަދަ މީހުންނާއި، މުޅި ރޭގަނޑު ކުޅިވަރާއި މަޖަލުގައި އުޅެ ފަތިސް ކައިރިވުމުން ނިދައި ނަމާދަށް ނުހޭލާ މީހުންނާ އެއްފަދަ ނުކުރެވޭނެއެވެ.

وَصَلَّى اللَّهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ تَسْلِيمًا كثيراً

[1] رواه أبو داود([2]) واللفظ له، ابن ماجه([3]) مختصرًا، وأحمد([4])، والدارمي([5]) مختصرًا، وابن حبان([6])، والحاكم([7])، والبيهقي([8])، من طرق عن الأعمش، عن أبي صالح، عن أبي سعيد الخدري رضي الله عنه.

الحديث صحيح، صححه ابن حبان، وقال الحاكم: “إسناده صحيح على شرط الشيخين”، ووافقه الذهبي

 

وصححه البوصيري وقال: “هذا إسناد صحيح على شرط البخاري

 

وصححه الحافظ ابن حجر([11]). وصححه الألباني