އެކުވެރިޔާ

الحمد لله رب العالمين، الصلاة والسلام على نبينا محمد وعلى آله وأصحابه أجمعين، وبعد:

 

ސުފްޔާން -رحمه الله- ވިދާޅުވެފައި ވެއެވެ:

“އިންސާނާ ފަސާދަކުރުމުގައި ނުވަތަ އިސްލާޙުކުރުމުގައި އޭނާގެ އެކުވެރިންނަށްވުރެ ނުފޫޒުގަދަ އެއްވެސް ކަމެއް ނެތެވެ.”

(އިބްނު ބައްޠާ ލިޔުއްވާފައިވާ އަލްއިބާނާ، ޞ. 504)

 

އެއީ އިންސާނާގެ ޠަބީޢަތަކީ، އެމީހަކު ގުޅިގެން އުޅޭ މީހުންނަށް ނަކަލުކޮށް ނަކަލުކުރުމަށް އާދަކުރުވާ އެއްޗަކަށް ވާތީއެވެ. ޢިލްމުގެ ދަރިވަރުންނާއެކު އިށީނދެ އުޅުމުން ނަފްސުގައި ޢިލްމުގެ އެދުން އުފެދެއެވެ. ޒުހުދުވެރިންނާއެކު އިށީނދެ އުޅުމުން، ދުނިޔޭގެ އެދުންތަކާ ދުރުހެލިވުން އުފެދެއެވެ. ބިދުޢަވެރިންނާއި ހަވާނަފްސަށް ތަބާވާ މީހުންނާއެކު އިށީނދެ އުޅުމުން، ބިދުޢަވެރިކަމުގެ ވަޅުގަނޑަކަށް ވެއްޓިގެންދެއެވެ. ދުނިޔޭގެ އެދުންވެރިކަމުގެ މީހުންނާއެކު އިށީނދެ އުޅުމުން ނަފްސުގައި ދުނިޔޭގެ އެދުންވެރިކަން އުފެދެއެވެ. އެހެންކަމުން، އެމީހެއްގެ މައްޗަށް ވާޖިބުވެގެންވަނީ، އެކުގައިއުޅޭ އެކުވެރިން އިޚްތިޔާރުކުރުމުގައި، އެމީހަކާ އެކުގައި އުޅުމުން، އޭނާއަށް ހެވާއި ފައިދާކުރާ މީހުން އިޚްތިޔާރު ކުރުމެވެ. ނުބައި މީހުންނާއި ދުރުހެލިވުމަށް ވަރުގަދައަށް އިންޒާރު ކުރުމެވެ. ތައުފީޤު ލިބުންއޮތީ ޞާލިޙުންނާ އެކުގައިވުމުންނެވެ. އެއީ ޢަދަދުކުރެވޭ،  އެންމެބޮޑު ނިޢުމަތުގެ ތެރޭގައިވާކަމެކެވެ.

وَصَلَّى اللَّهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ تَسْلِيمًا كثيراً

 

(https://www.al-badr.net/)