الحمد لله رب العالمين، الصلاة والسلام على نبينا محمد وعلى آله وأصحابه أجمعين، وبعد:
ސުވާލު: ރަމަޟާންމަސް ނޫން އެހެން މަހެއްގައި ނަމާދު ނުކުރާ މީހާގެ ޙުކުމަކީކޮބާ؟ ނޫންނަމަ، ރޯދަހިފައި ނަމާދު ނުކުރާ މީހާގެ ޙުކުމަކީކޮބާ؟
اَلْعَلَّامَة عَبدُ العَزِيز بن بَاز –رحمه الله– ވިދާޅުވިއެވެ.
ކުފުރުކަމަށް ޙުކުމް ކުރެވިފައިވާ ކޮންމެ މީހެއްގެ އެންމެހައި ޢަމަލުތައް ބާޠިލުވާނެއެވެ. ﷲ ވަޙީކުރެއްވިއެވެ: وَلَوْ أَشْرَكُواْ لَحَبِطَ عَنْهُم مَّا كَانُواْ يَعْمَلُونَ [الأنعام:88] މާނައީ، “އަދި އެބައިމީހުން ޝިރުކު ކުރިނަމަ އެބައިމީހުން ކުރަމުންއައި ޢަމަލުތައް ބާޠިލު ކުރައްވާނަމެވެ.” އަދިވެސް ވަޙީކުރެއްވިއެވެ: وَمَن يَكْفُرْ بِالإِيمَانِ فَقَدْ حَبِطَ عَمَلُهُ وَهُوَ فِي الآخِرَةِ مِنَ الْخَاسِرِينَ [المائدة:5] މާނައީ، “އަދި އީމާންވި އެއްޗަކަށް ކާފަރު ވެއްޖެމީހާ، އޭނާގެ ޢަމަލުތައް ބާޠިލު ކުރައްވާނެއެވެ. އަދި އާޚިރަތްދުވަހުގައި އޭނާ ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.” ޢިލްމުވެރިންގެ ތެރެއިން ގިނަ ޢަދަދެއްގެ ބޭކަލުން ދެކިލައްވާގޮތުގައި، (ނަމާދުގެ) ވާޖިބުކަމަށް އިޤުރާރުވާނަމަ ބޮޑު ކުފުރެއް ނުވާނެއެވެ. އޭނާ ވާނީ ކުޑަ ކުފުރެވެ. އަދި އޭނާގެ ޢަމަލު ޒިނޭކުރުމާއި ވައްކަން ކުރުންފަދަ ޢަމަލުތަކަށްވުރެ ހުތުރުވެގެންވެއެވެ. އަދި އެއާއިއެކު އޭނާގެ ރޯދަ ޞައްޙަވެގެންވެއެވެ. އެއީ ޝަރުޢީ ހަމަތަކުގެމަތިން ހިފާފައިވާތީއެވެ. ނަމަވެސް ނަމާދަށް ފަރުވާތެރި ނުވާތީ، އެއީ އޭނާކޮށްފައިވާ ބޮޑުޖަރީމާއެކެވެ. އަދި އެބޭކަލުންގެ އަރިހުގައި ބޮޑު ޝިރުކަށް ވުމުގެ ނުރައްކާތެރިކަން އޭނާގެ މައްޗަށް ވެއެވެ.
މި މައްސަލާއިގެ ހެޔޮގޮތަކީ، އަދި ޢިލްމުވެރިންގެ ދެބަސްފުޅުގެ ތެރެއިން ޞައްޙަގޮތަކީ، ބޮޑު ކުފުރުން ކުފުރުވުމެވެ. (މިކަމުގެ ސަލާމަތަށް ﷲ ގެ ޙަޟްރަތުން އެދެމެވެ!) އެއީ ޝަރުޢީ ދަލީލުތަކުގައިވާގޮތެވެ. ފަހެ ނަމާދު ނުކޮށް ރޯދަހިފާމީހާއަށް ރޯދައެއް އަދި ޙައްޖެއްވެސް ނުވެއެވެ.
(مجموع فتاوى ومقالات الشيخ ابن باز 15/ 179)
وَصَلَّى اللَّهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ تَسْلِيمًا كثيراً