ތަރާވީޙް ނަމާދު ނިންމާފައި ކިޔާނެ ދުޢާއަކީ ކޮބާތޯއެވެ؟

 

 

ސުވާލު : މިދުވަސްކޮޅަކީ ގޭގައި ތަރާވީޙް ނަމާދު ކުރަން ޖެހިފައިވާ ދުވަސްކޮޅެކެވެ. ތަރާވީޙް ނަމާދު ނިންމާފައި ކިޔާނެ ދުޢާއަކީ ކޮބާތޯއެވެ؟

ގޭގައި ތަރާވީޙް ކުރިކަމުގައިވިޔަސް މިސްކިތުގައި ކުރިކަމުގައި ވިޔަސް ތަރާވީޙް ކޮށް ނިންމާފައި ކިޔުމަށް ޙާއްސަ ދުޢާއެއް ނެތެވެ. އެހެނަސް ސާބިތު ވެގެންވޭ ހާއްސަ ޒިކުރެއް ވިތުރިކޮށްނިންމުމަށް ފަހު އެއީ 3 ފަހަރައް سبحان الملك القدوس ކިޔުމަށްއެވެ. އަދި القدوس ކިޔާއިރު ދަމާލާފަ ކިޔުމަށް 3 ވަނަ ފަހަރު އަޑު ހަރުކޮށް ކިޔުން ސުންނަތް ވެގެންވެއެވެ.