މުސްލިމް ނޫން މީހަކަށް ހިދާޔަތްލިބޭތޯ ދުޢާކުރެވިދާނެ ހެއްޔެވެ؟

 

ސުވާލު : ސަލާމް، އަޅުގަނޑުގެ ސުވާލަކީ މުސްލިމް ނޫން މީހަކަށް ހިދާޔަތް ލިބުމަށް އެދި ދުޢާކުރެވިދާނެ ހެއްޔެވެ؟

މުސްލިމް ނޫން މީހަކަށް ހިދާޔަތް އެދި ދުޢާ ކުރުމަކީ ޝަރީޢަތުގައި ބަޔާންވެގެންވާ ޢަމަލެކެވެ.

ނަބިއްޔާ ﷺ ގެ އަރިހުން ޚާއްޞަ ފަރުދުންނަށް ދުޢާ ކޮށްފައިވާ ކަމާއި އަދި ޖަމާޢަތްތަކަށް އަދި ބައިގަނޑުތަކަށްވެސް އެބައިމީހުންނަށް ހިދާޔަތް ދެއްވުމަށްއެދި ދުޢާ ކުރައްވާފައިވެ އެވެ.

ޙަދީޘްގައިވެ އެވެ. ޞަޙީޙު مسلم ގައި 2491 ގައި ވެ އެވެ. رَسُولُ اللهِ صَلَّى اللَّهُ عليه وَسَلَّمَ އަބޫހުރައިރާގެ މަންމާފުޅަށް (އިސްލާމް ދީނުގެ ހިދާޔަތް ލިބުމަށްއެދި ދުޢާ ކުރައްވާ ﷲ އަށް ދުޢާ ދެންނެވި އެވެ.)

اللَّهُمَّ اهْدِ أُمَّ أَبِي هُرَيْرَةَ “ﷲ! އަބޫހުރައިރާގެ މަންމައަށް ހިދާޔަތް ދައްކަވާނދޭވެ.” އަދި އެ ދުޢާއަށްފަހުގައި، މުޝްރިކުންގެ ދީން މަތީގައި އެތައް ދުވަސްތަކެއް ހޭދަ ކޮށްފައި އަބޫހުރައިރާގެ މަންމާފުޅު އިސްލާމް ދީން ޤަބޫލު ކުރެއްވި އެވެ. މިއީ ވަކި ޚާއްޞަ ފަރުދުންނަށް ހިދާޔަތް ލިބުމަށް އެދި ދުޢާ ކުރައްވާފައި ވުމުގެ މިޘާލެކެވެ.

البخاري ގައި ވާރިދުވެގެންވެ އެވެ. الطُّفَيْلِ بْنِ عَمْرو الدَّوسِيِّ ނަބިއްޔާގެ އަރިއަހަށް ވަޑައިގެންނެވި ހިނދު ޙަދީޘް ކުރެއްވި އެވެ. “اللَّهُمَّ اِهْدِ دَوسًا” ދަޥްސުގެ އަހުލުވެރިންނަށް އިބަ އިލާހު ހިދާޔަތް ދައްކާވާނދޭވެ.”

ފަހެ، މިއީ ހެޔޮ ވެގެންވާ ޢަމަލެއް ކަމުގައިވެ އެވެ. ޚާއްޞަކޮށް އިސްލާމް ދީން ޤަބޫލުކޮށްފާނެ ކަމަށް އުއްމީދު އޮތް ފަރާތެއް ކަމުގައިވާނަމަ އެކަމަށް އަދި ބޮޑަށް ބާރު އެޅުމާއެކު ދުޢާ ކުރުން ގިނަ ކުރުން ހުއްޓެވެ.

الترمذي 2739 ގައި ވެ އެވެ. ޔަހޫދީން ނަބިއްޔާ ގެ އަރިއަހުގައި ތިއްބަވައި ކިބިހި އަޅަ އެވެ. އެއީ ނަބިއްޔާގެ ދޫފުޅުގެ މަތިން އެބައިމީހުންނަށް ރަޙްމަތް ލެއްވުމަށް އެދި ދުޢާކުރައްވާނެ ކަމުގެ އުއްމީދު ގަ އެވެ.

ސަބަބަކީ މީހަކު ކިބިހި އަޅައި ﷲ އަށް ޙަމްދު ކުރުމުން، އަޑު އިވޭ މީހާއަށް އޮތް ސުންނަތަކީ يَرحَمكَ الله ކިޔުމެވެ. އެއީ ރަޙްމަތަށް އެދު ދުޢާ ކޮށް ދިނުމެކެވެ. ޔަހޫދީން އެފަދައިން ޢަމަލު ކުރުމުން ނަބިއްޔާ ޙަދީޘްފުޅު ކުރައްވަ އެވެ. يَهْدِيكُمُ اللَّهُ ، وَيُصْلِحُ بَالَكُمْ “ﷲ ތިޔަބައި މީހުންނަށް ހިދާޔަތް ދައްކަވާށި އެވެ….”

ފަހެ، މި ކަމުގެ ޚުލާޞާއަކީ އެއީ ކުރެވޭނެ ކަމެއް ކަމުގަ އެވެ.