ވިހެއުމާ ގުޅިގެން އަންނަ ނިފާސްކަމުގެ ލޭ އައުން 40 ދުވަސްވުމުގެ ކުރިން، ރަމަޟާންމަހުގެ ތެރޭގައި (15 ދުވަސް ފާއިތުވީފަހުން) ހުއްޓިއްޖެ ނަމަ ހިނައިގެނެ ރޯދައަށް ހުރެވިދާނެ ތޯއެވެ؟ އެފަދަ މީހަކު ގަޟާކުރާނީ ގެއްލުނު 15 ރޯދަ ތޯ؟

ވިހެއުމާ ގުޅިގެން އަންނަ ނިފާސްކަމުގެ ލޭ އައުން 40 ދުވަސްވުމުގެ ކުރިން، ރަމަޟާންމަހުގެ ތެރޭގައި (15 ދުވަސް ފާއިތުވީފަހުން) ހުއްޓިއްޖެ ނަމަ ހިނައިގެނެ ރޯދައަށް ހުރެވިދާނެ ތޯއެވެ؟ އެފަދަ މީހަކު ގަޟާކުރާނީ ގެއްލުނު 15 ރޯދަ ތޯ؟

 

أُسْتَاذ أبو أنس محمد حسن حفظه الله

ސުވާލުގައި އެއް މައްސަލައަށް ވުރެ ގިނަ މައްސަލަ ބަޔާންވެގެން ވުމުން ވަކި ވަކިން ކޮންމެ މައްސަލައަކަށް ބާލާނަމެވެ.

ފުރަތަމައީ : މާބަނޑު އަންހެނާ ނިފާސްވުމުން 40 ދުވަސް ވަންދެން ރޯދަ ނުހިފައި، ނަމާދުނުކޮށް ހުންނަން ޖެހޭނެތޯ ނުވަތަ ނިފާސް ކެނޑިއްޖެ ހިނދު (ސާޅީސް ދުވަސް ނުވަނީސް ވެސް) ނަމާދު ކުރުމާއި ރޯދަހިފުމާއި އަޅުކަންތައް ކުރުމުގައި ދެމިހުންނަން ޖެހޭނެ ހެއްޔެވެ؟

ދަންނާށެވެ! މި މައްސަލައިގެ މައްޗަށް ބަޔާންވެގެންވަނީ (ނިފާސް ކަމުގެ ލޭ ގެ) އެންމެ ގިނަ މުއްދަތަކީ 40 ދުވަސް ކަމުގައި ޢިލްމުގެ އަހުލުވެރިން އިޖްމާޢުވެގެންވެއެވެ. މިފަދައިން الترمذي އަދި އެނޫން ޢިލްމުވެރިން ބަޔާންކޮށްފައި ވެއެވެ. ފަހެ، 40 ދުވަސްވުމުގެ ކުރިން އަންހެންމީހާ (ނިފާސްކަމުގެ ލޭ ހުއްޓިއްޖެ ހިނދުގައި) ފަހެ، އަންހެންމީހާ ހިނައިގަނެ ނަމާދު ކުރުން ހުއްޓެވެ.

ނިފާސް ކަމުގެ ލޭ ގެ މަދު މިންވަރެއް އައިސްފައެއް ނުވެއެވެ.

العَلامة صَالح الفَوزَان -حفظه الله- ވިދާޅުވެފައިވެއެވެ. ނިފާސް ކަމުގެ ލޭ، 40 ދުވަސް ވުމުގެ ކުރިން ކެނޑުމުން، (އަންހެންމީހާ) ހިނައިގަނެ ނަމާދުކޮށް ރޯދަހިފަމުން ދަނިކޮށް، އެއަށްފަހު ނިފާސްކަމުގެ 40 ދުވަސް ހަމަވުމުގެ ކުރީގައި ލޭ ފެނިއްޖެނަމަ، މިކަމުގައި ޞައްޙަ ގޮތަކީ، އެ ލެއަކީ ނިފާސް ކަމުގެ ލޭ ކަމުގައި ބެލުމެވެ. އަދި ޠާހިރުވި ހުރި ދުވަސްތަކުގައި ހިފި ރޯދައަކީ (ޞައްޙަ ރޯދަތަކެއް) ކަމުގައިވެ، ޤަޟާކުރާކަށް ނުޖެހުމަކީ އެކަމުގެ ޞައްޙަ ގޮތެވެ.

އެހެންވުމުން ޙާޞިލްވާ ފައިދާ ތަކަކީ :

1- ނިފާސްގެ އެންމެ ގިނަ މުއްދަތަކީ 40 ދުވަސްކަމެވެ.

2- 40 ދުވަސް ކުރިން ޠާހިރުވެއްޖެ މީހާ، 40 ދުވަސްވަންދެން އަޅުކަންނުކޮށް ހުރެގެން ނުވާނެކަމެވެ. އަދި ކިޔެއްތަ! ލޭ ކެނޑުމާއެކު ހިނައިގަނެ، އަޅުކަންތަކުގައި ޤާއިމްވުން އަންހެން މީހާގެ މައްޗަށް ވާޖިބުވެގެންވުމެވެ. އެހެންކަމުން، ސުވާލުގައި ބުނެފައިވާ ފަދައިން ރަމަޟާން މަހުގެ 15 ވަނަ ދުވަހުގައި ލޭ ހުއްޓިއްޖެހިނދު، އަވަހަށް ހިނައިގަނެ ނަމާދު ކުރުމާއި ރޯދަ ހިފުމުގައި ކުރިއަށް ދިއުން ހުއްޓެވެ. (ގާތުން ކިރު ދިނުމަށްޓަކައި، ޙާޖަތްޖެހިގެން ރޯދަ ދޫކުރުން މައްސަލައެއް ނެތެވެ.) އެހެނަސް ނަމާދު ކުރުމަށް ވާޖިބުވެގެންވެއެވެ.

3- 40 ދުވަސް ވުމުގެ ކުރިން ނިފާސްލޭ ހުއްޓި ހިނގައިގަނެ އަޅުކަން ކުރަމުން ގެންދާ އަންހެނާއަށް 40 ދުވަހުގެ މުއްދަތުގެ ތެރޭގައި އަނެއްކާވެސް ލޭ ފެނިއްޖެހިނދު، އެއީ ނިފާސް ކަމުގައި ބަލައި، އަނެއްކާވެސް ނަމާދުކުރުން ރޯދަ ހިފުން ދޫކޮށްލާނީއެވެ. އަދި އިސްވެ ކޮށްފައިވާ އަޅުކަންތަކުގައި އެއްވެސް މައްސަލައެއްނެތެވެ.

4- ރޯދަމަސް ކުރިން ނިފާސް ކަމުގައިވާ އަންހެނަކު ރޯދަ މަސްތެރޭގައި ނިފާސް ކަމުގެ ލޭ ހުއްޓިއްޖެހިނދު (އެއީ ނިފާސްލޭ އަންނަތާ 20 ދުވަސް ނުވަތަ 15 ދުވަސް) ކަމުގައި ވީނަމަވެސް ނަމާދު ކުރުމާއި ރޯދަ ހިފުމުގައި ޤާއިމްވާން ޖެހޭނެ ކަމެވެ.

ދެވަނަ ސުވާލުގައި އޮތީ : ޤަޟާ ކުރަން ޖެހޭނީ 15 ރޯދަ ހެއްޔެވެ؟ ޖަވާބަކީ، ރަމަޟާން މަހުގައި ނިފާސް ކަމުގެ ކަމުގެ ސަބަބުން އަދި ދަރިއަށް ކިރު ދޭން ޖެހޭތީ ދޫކުރި ޢަދަދަށް މެނުވީ ރޯދަ ހިފުމެއް ނުވެއެވެ. އެއީ 15 ރޯދަ ކަމުގައިވާ ނަމަ 15 ރޯދަ އެވެ. ދޫކުރީ 20 ރޯދަ ކަމުގައިވާ ނަމަ 20 ރޯދައެވެ.