
އަންހެނެއްގެ ހަށިގަނޑުގައި ބީހުމުން ވުޟޫ ގެއްލޭނެތޯއެވެ.
ސުވާލު : އަންހެނެއްގެ ހަށިގަނޑުގައި ބީހުމުން ވުޟޫ ގެއްލޭނެތޯއެވެ. އަންހެނެއްގެ ހަށިގަނޑުގައި ބީހުމުން ވުޟޫ ގެއްލުމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި 3 ޤައުލެއްވެ އެވެ. ފުރަތަމަ ޤައުލު : ކޮންމެ ޙާލެއްގައި ބީހުނު ކަމުގައިވީނަމަވެސް ވުޟޫ ގެއްލޭނެކަމެވެ. ޝަހުވަތާއެކު، ޝަހުވަތެއް ނެތި، ޤަޞްދު ކޮށްގެން ނުވަތަ ޤަޞްދެއް ނެތި، ނޭނގި ބީހުނު ކަމުގައިވީނަމަވެސް އެވެ. ފަހެ، މި ޤައުލަކީ الشافعي -رحمه الله- ގެ މަޛްހަބުގެ ބަސްފުޅެވެ. މިޤައުލު […]