ފަތިސް ނަމާދު ފަހުން ސުންނަތް ކުރުމަކީ ކޮންކަހަލަ ކަމެއް؟

D:\SALAFI\POST\pics\2.png

ފަތިސް ނަމާދު ފަހުން ސުންނަތް ކުރުމަކީ ކޮންކަހަލަ ކަމެއް؟

 

أُسْتَاذ أبو أنس محمد حسن حفظه الله

އަޚާ އެވެ! ފަތިސް ނަމާދު ފަހު ސުންނަތް ކުރުން މިފަދައިން ބުނެފައި ވުމުން އެއީ ކޮން ސުންނަތެއް ކަމެއް ނޭނގެއެވެ.

އެހެނަސް ބުނަމެވެ. އެއީ ފަތިސް ނަމާދަށް ޚާއްޞަކޮށް ފަތިސް ފަހުން ކުރަން އޮތް ސުންނަތެއް ކަމުގައި ވާނަމަ، އެއީ ޘާބިތުވެ ވާރިދުވެގެންވާ ޢަމަލެއް ނޫނެވެ.

ޔަޢުނީ، ފަތިސް ނަމާދާއި ގުޅިގެން ފަތިސް ފަހުން ކުރުމަށް ސުންނަތް ނަމާދެއް ނުވެއެވެ. އަދި ކިޔެއްތަ! ދީނުގައި އެ ވަޤުތަކީ ސުންނަތް ނަމާދުކުރުން މަނާ ކުރެވިގެންވާ ވަޤުތެކެވެ.

ދެވަނައީ : އަޚު ސުވާލުކޮށްފައިވަނީ؛ ފަތިސް ނަމާދުގެ ކުރީ ސުންނަތް ފަތިސް ނަމާދުގެ ފަހުން (ޤަޟާ) ކުރުން ކަމުގައިވަނާމަ އެކަން ކުރެވިދާނެއެވެ. الشَّيْخ د. عَرَفَات بن حَسَن المحمدي حفظه الله ވިދާޅުވެފައިވެއެވެ.

“ދެ ވަޤުތެއްގައި ސުންނަތް ނަމާދުކުރުން ނަބިއްޔާ ﷺ ނަހީކުރައްވާފައިވެއެވެ. އެއީ ފަތިސް ނަމާދު ފަހުން އިރު ލޮންސިއެއްގެ މިންވަރަށް އެރުމަށް ދާންދެނެވެ. އަދި އަޞްރު ނަމާދުފަހުން އިރު އޮއްސުމަށް ދާންދެނެވެ. އެހެނަސް ސަބަބެއް މެދުވެރިވެ ސުންނަތް ނަމާދު ކުރުމުގައި މައްސަލައެއް ނެތެވެ.

މިޘާލަކަށް، ފަތިސް ނަމާދުގެ ކުރީ ސުންނަތް ފަތިސް ނަމާދުފަހުން ކުރުން މައްސަލައެއް ނޫނެވެ. އަޞްރުފަހުން މިސްކިތުގައި އިށީންނަ މީހާ ތަޙިއްޔަތުލް މަސްޖިދު ކުރުން މައްސަލައެއް ނެތެވެ.

އަދި ކަށުނަމާދު ކުރުމާއި، ކޭތަ ނަމާދު ކުރުން މައްސަލައެއް ނެތެވެ. މި އެންމެހައި ނަމާދުތަކަކީ ސަބަބުތައް މެދުވެރިވެގެން ކުރާ ނަމާދުތަކެވެ.

ނަމާދު ކުރުން ހުއްދަވެގެން ނުވަނީ މުޠްލަޤު ސުންނަތް ކުރުމެވެ. އެއީ މިޘާލަކަށް ﷲ އަށްޓަކައި ސުންނަތް ނަމާދު ކުރާނީއެވެ. މިފަދައިން ބުނެ އެވަޤުތުގައި ނަމާދުކުރުމެއް ނުވެއެވެ”.