السلام عليكم ورحمة الله وبركاته
ސުވާލު : ފަތިސްނަމާދުގައި ސޫރަތުލް ކަހުފް ގެ ފުރަތަމަ 10 އާޔަތް ކިޔަވާމީހަކަށް ދައްޖާލުގެ ފިތުނައިން ސަލާމަތްވާނެޔޭ ބުނެއެވެ. މިއީ ސައްޙަ ވާހަކައެއްތޯއެވެ؟
ދައްޖާލުގެ ފިތުނައިން ސަލާމަތްވުމަށް ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
މާތް ނަބިއްޔާ ﷺ ވަނީ އުއްމަތަށް މަސީޙުއް-ދައްޖާލް المسيح الدجال ގެ ކިބައިން ރައްކާތެރިވެ، ސަލާމަތްވާނެ ގޮތް އުނގަންނަވައިދެއްވާފަ އެވެ. އެފަދައިން ނުވާންވީ ކީއްވެ ތޯ އެވެ؟
މި ދުނިޔެއަށް ﷲ ފޮނުއްވި ކޮންމެ ނަބިއްޔެއް އެ އުއްމަތަކަށް المسيح الدجال ގެ މައްޗަށް އިންޒާރު ދެއްވަ އެވެ.
ސަބަބަކީ މި ފތުނައަކީ ދުނިޔެ ޤިޔާމަތްވުމުގެ ކުރިން އަދި ދުނިޔެ ޤިޔާމަތްވުމާއި ހަމައަށް މިސްތަކުންނާ ބައްދަލުކުރާނެ އެންމެ ބޮޑުވެގެންވާ ފިތުނަ އެވެ.
ފަހެ، އެހެން ވުމުން އެންމެ ފަހުގެ އުއްމަތުގެ ނަބިއްޔާ ކޮންފަދައަކުން ދައްޖާލުގެ ފިތުނަ އަދި އޭނާގެ މައްޗަށް އިންޒާރު ދެއްވާ އަދި އެ ފިނުތައިން ސަލާމަތްވާނެ މަގު އަންގަވައި ބަޔާން ކުރައްވާނެ ތޯ އެވެ؟
މާތް ނަބިއްޔާ محمد ﷺ ދައްޖާލުގެ މައްޗަށް ޚަބަރު ދެއްވި މިންވަރަށް ދެއްވާނެ އެހެން އިންސާނަކު ނުވާނެ އެވެ. އެ ގޮތުން ދައްޖާލުގެ ނުރައްކަލުން ރައްކާތެރި ވުމަށް ކުރުމަށްއޮތް ޢަމަލު ތަކުގެ ތެރޭގައި
ފުރަތަމައީ : ޖައްޖާލުގެ ފިތުނައިން ރައްކާތެރި ކުރެއްވުމަށް އެދި ﷲ އަށް ދުޢާ ދެންނެވުމެވެ. ޚާއްޞަކޮށް ނަމާދުގަ އެވެ. البخاري ގެ 789 ގައި ނަބިއްޔާ ﷺ ގެ އަނބިކަނބަލުން أم المؤمنين عائشة -رضي الله عنها- ގެ އަރިހުން ވާރިދުވެގެންވެ އެވެ. أن رسول الله صلى الله عليه وسلم كان يدعو في الصلاة : ” اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَحْيَا وَفِتْنَةِ الْمَمَاتِ ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْمَأْثَمِ وَالْمَغْرَمِ ހަމަކަށަވަރުން رسول الله صلى الله عليه وسلم ނަމާދުގައި (އައްތަހިޔާތުގައި ސަލާމް ދިނުމުގެ ކުރިން) ދުޢާ ކުރައްވަ އެވެ. …… الْمَسِيحِ الدَّجَّالِ ގެ ފިތުނައިން މި އަޅާ ރައްކާތެރިކޮށްދެއްވުން އެދި އިބަ އިލާހުގެ ޙަޟުރަތުގައި ދަންނަވަމެވެ…..”
އަދި މިފަދައިން އިމާމް مسلم 924 ގައި أبي هريرة رضي الله عنه ގެ އަރިހުން ރިވާކޮށްފައިވެ އެވެ. (އައްތަހިޔާތުގައި) ތިޔަބައިމީހުން 4 ކަމަކުން ރައްކާތެރކޮށްދެއްވުމަށް އެދި ދުޢާ ކުރާށެވެ. اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ وَمِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ
ދެވަނައީ : ސޫރަތުލް-ކަހްފު (الْكَهْفِ ) ގެ ފުރަތަމަ 10 އާޔަތް ދައްޖާލާއި ބައްދަލު ވެއްޖެ މީހާ އޭނާގެ ކިބައިން ރައްކާތެރި ވުމަށް އެދި ކިޔުމަށެވެ. އިމާމް مسلم 924 ގައި النواس بن سمعان رضي الله عنه ގެ އަރިހުން ރިވާކޮށްފައިވެ އެވެ. (ޙަދީޘްގައިވެ އެވެ.) فَمَنْ أَدْرَكَهُ مِنْكُمْ فَلْيَقْرَأْ عَلَيْهِ فَوَاتِحَ سُورَةِ الْكَهْفِ “ތިޔަބައިމީހުންގެ ތެރެއިން މީހަކަށް އޭނާއާ ބައްދަލުވެއްޖެހިނދު ސޫރަތުލް-ކަހްފުގެ 10 އާޔަތް ކިޔުން ހުއްޓެވެ.”
ތިންވަނައީ : ސޫރަތުލް-ކަހްފުގެ ފުރަތަ ދިހަ އާޔަތް ދަސްކޮށްފައިވުމެވެ. ﷲގެ އިރާދަފުޅުން އެމީހަކީ ޖައްޖާލުގެ ކިބައިން ރައްކާތެރިވާނެ މީހެކެވެ. މާމް مسلم 1342 ގައި أبي الدرداء ضي الله عنه ގެ އަރިހުން ރިވާކޮށްފައިވެ އެވެ. (ޙަދީޘްގައިވެ އެވެ.) مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْف عُصِمَ مِنْ الدَّجَّالِ “ކަފްހު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ހިތުދަސްވެފައިވާ މީހާ، ދައްޖާލުގެ ފިތުނައިން ރައްކާތެރި (ހިމާޔަތް) ކުރެވިގެންވާނެ އެވެ”.
މިއީ މި މަޢުޟޫގައި ވާރިދުވެފައިވާ ރިވާޔަތްތަކެވެ. އެއްވެސް ޝައްކެތް ނެތެވެ. މިއީ سُورَةِ الْكَهْف އަށް ލިބިގެންވާ ޚާއްޞިއްޔަތެކެވެ. ފަހެ އެގޮތުން ހުރުކު ދުވަހުގައި ކިޔެވުމަށް ވާރިދުވެގެންވެ އެވެ. رَسُول الله ﷺ ޙަދީޘް ކުރެއްވި އެވެ. (مَنْ قرَأَ سُوْرَة الكَهْفِ يَوْم الجُمُعَة أَضَاءَ لَهُ النُّوْر مَا بَيْنَهُ وَ بَيْنَ البَيْت العَتِيْق) ”ހުކުރު ދުވަހު سورة الكهف ކިޔަވައިފި މީހަކަށް، ފަހެ އެމީހަކާއި (އެބަހީ : އެމީހަކު އެޞޫރަ ކިޔެވިތަނަކާ) ޒަމާންވީ ގެފުޅާއި ދެމެދު (ދުރުމިނަކަށް) ވާ އަލިކަމެއް އެމީހަކަށްޓަކައި ވާނެ އެވެ.“ صحيح الجامع : 6471
އަޚާ އެވެ! ހިދާޔަތުގެ މަގު ވަރަށް ސާފުކޮށް ދައްކައި ދީފައިވެ އެވެ. އެއީ ވަންހަނާ ކަމެއް އަދި އެއްވެސް ދަތި ކަމެއް ނެތް ގޮތުގައި ބަޔާންވެގެންވާ މަގެކެވެ.
އެމަގުގެ ރޭގަނޑު ދުވާލު ފަދަ އެވެ. އެހެނަސް ބާޠިލްގެ އަހުލުވެރިން ފާޅުވެ، ޙައްދުފަހަނައަޅައި މީސްތަކުން ގޮސް ދީނުގައި ނުވާ އެތައް ކަމެއް އެބައިމީހުންވަނީ ދީނަށް ވައްދާފަ އެވެ. އެބަސްތަކުގައި ބުނާ ކަހަލަ އެވެ. “ﷲގެ ދީން ފުރިހަމަ ނޫނެވެ. ފުރިހަމަ ކުރުމަށްޓަކައި އަހަރެމެން އެ ދީނަށް އެކިއެކި ކަންކަން ގެންނަން ޖެހެ އެވެ”.
މިއީ މާތް ނަބިއްޔާ މި ދީނުގެ އަހުލުވެރިންގެ މައްޗަށް ޙަޔާތްޕުޅުގައި އިންޒާރު ދެއްވާފައިވާ އިންޒާރެކެވެ.
މިއަދު މި އަޑު އިވެނީ އެފަދަ ވާހަކަ ތަކެވެ. ފަހެ، މިކަންތަކުން ނަފްސު ސަލާމަތްކޮށްގެން މެނުވީ އެއްވެސް ފިތުނަތަކުން ސަލާމަތެއް ނުވާނެ އެވެ .ފަހެ، ސަލާމަތުގެ މަގު އޮތީ ޤުރުއާނާއި ސުންނަތަށް، އުއްމަތުގެ ސަޙާބީން، ތާބިޢިންނަށް ދީން ފަހުމްވި ގޮތުގައި ފަހުމްވެގެންނެވެ. އެއީ ސުންނަތުގެ މަގެވެ.
ސަލަފީ މަންހަޖުގައި ދެމިހުރުމެވެ. އެއްވެސް އުނި އިތުރު ނުގެނެސް އެބޭކަލުންނަށް ފަހުމްވެވަޑައިގެންނެވި ގޮތަށް ފަހުމްވެ ދީނުގައި ދެމިތިބުމެވެ. ފަހެ، އެއީ ސަލަފީ މަންހަޖެވެ. މި މަގަށް ތަބަޢަވުމަށް ނަޞޭހަތްތެރިވަމެވެ.
އެންމެހައި ބިދުޢަތަކުން ރައކާތެރިކަން ލިބުންއޮތީ އެހިނދު ގަ އެވެ.
والله أعلم أُسْتَاذ أبو أنس محمد حسن حفظه الله