
ދައްޖާލުގެ ފިތުނައިން ސަލާމަތްވުން
السلام عليكم ورحمة الله وبركاته ސުވާލު : ފަތިސްނަމާދުގައި ސޫރަތުލް ކަހުފް ގެ ފުރަތަމަ 10 އާޔަތް ކިޔަވާމީހަކަށް ދައްޖާލުގެ ފިތުނައިން ސަލާމަތްވާނެޔޭ ބުނެއެވެ. މިއީ ސައްޙަ ވާހަކައެއްތޯއެވެ؟ ދައްޖާލުގެ ފިތުނައިން ސަލާމަތްވުމަށް ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ. މާތް ނަބިއްޔާ ﷺ ވަނީ އުއްމަތަށް މަސީޙުއް-ދައްޖާލް المسيح الدجال ގެ ކިބައިން ރައްކާތެރިވެ، ސަލާމަތްވާނެ ގޮތް އުނގަންނަވައިދެއްވާފަ އެވެ. އެފަދައިން ނުވާންވީ ކީއްވެ ތޯ އެވެ؟ […]