މަހާނައިގައި ގާ (މަހާނަ ގާ) ޖެހުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟
މަހާނައިގައި ގާ (މަހާނަ ގާ) ޖެހުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟ ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله) މައްޔިތާ ވަޅުލުމަށްފަހު، މަހާނައިގައި ގާ ޖެހުމާ ބެހޭގޮތުން ކޮށްފައިވާ ސުވާލުގެ ޖަވާބު އަންނަނިވި ނުކުތާތަކުގެ އަލީގައި ބަޔާން ކުރަމެވެ. ފުރަތަމައީ: ޤަބުރުތައް ޒިޔާރަތްތަކެއް ފަދައިން ބިނާ ކުރުމާއި، އުވަޖެހުމާއި، ވަޅުލުމަށްޓަކައި ޙާޖަތްޖެހި ނުވަތަ ޤަބުރުސްތާނުގެ މަގުތަކުގެ މަޞްލަޙަތައްޓަކައި އަލި ކުރުމުގެ ބަދަލުގައި ވަކި ޤަބުރަކަށް […]